Tuesday, November 10
ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރަނީ
ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. ރައިސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދ އަތޮޅަށް މިހާރު ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި، މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާންއެވެ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެރަށުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް އެ މަޝްރޫޢު ޙަޤީގަތަކަށް ހެދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތްކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މި ދައުރުގެ ތެރޭގައި ވިޔަފާރި ބަނދަރުގެ މަސައްކަތް ނިންމާނެކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ މިއަހަރު ނިމުމުގެ ކުރިން ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާނޭކަމަށްވެސް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު