Friday, November 13
ކުޑަހުވަދޫ ހިއްކި ސަރަހައްދު ފެނާއި ނަރުދަމާ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށްފި
ދ. ކުޑަހުވަދޫ ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އާރޑީސީ ) އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރ ބިނާރާބެހޭ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރެވެ. މި އެއްބަސްވުމުގެ ދަށުން ކުރުމަށކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމްކުރެވިފައިނުވާ ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުން ހިމެނެއެވެ. އަދި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމާއި އައުޓް ފޯލްއެއް އެޅުންވެސް ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން މިހާރު ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް ކެޕޭސިޓީ އިތުރުކުުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމާއި އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް އެންމެހައި މަސައްކަތް ކުރުން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް އާރްޑީސީއާ ޙަވާލުކުރީ 700 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަޝްރޫޢުއަށް ސަރުކާރުން 87 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު