Saturday, October 31
މިއަހަރުގެ ރޯދަމަހުގައިވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނަން: ރައީސް

ކުރިއަށް އޮތް ރޯދަމަހުގައިވެސް ރައްޔިތުންނަށް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ހާމަކުރެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން ފެތުރެމުންދާ ދޮގު މައުލޫމާތުތަކަށް ރައީސް ޖަވާބު ދެއްވިއެވެ. ޚާއްޞަކޮށް ރަމަޟާން މަހަށް ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ދެވޭ މަސްދަޅު ކޭހާ ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދެކެވެމުންދާކަން ފާހަގަކުރެއްވިއެވެ.

މަސްދަޅު ކޭހުގެ ވާހަކައަށް އިތުރަށް ބަލާއިރު، ބައެއް ފަރާތްތަކުން މަސްދަޅުގެ ބަރުދަން މަދުކޮށްފައިވާ ކަމަށާއި، ކަނޑަން އުނދަގޫވާގޮތަށް ކެޕް ނުލައި މަސްދަޅު ވިއްކަން ނެރެފައިވާކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން ރައްޔިތުންނަށް ދޭ ކޮންމެ ލުޔެއްގެ ބަދަލުގައި އެހެން ކަމަކުން އޭގެ އަގު ނަގާކަމަށް ބުނެ، މިހާރު ކަރަންޓު ބިލާ ގުޅުވައިގެން ވާހަކަތަކެއް ދައްކަމުންދާކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް ކުރިން އިއުލާންކުރެއްވި ފަދައިން މި އަހަރުގެ ރަމަޟާން މަހުގައި ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަން ރައީސް ޔަގީންކޮށްދެއްވިއެވެ.

ސަރުކާރަށް އަމާޒުކޮށް ފިތުނަވެރިކަން އުފެދޭފަދަ ގޮތަކަށް އެކި ބާވަތުގެ ވާހަކަތައް ފެތުރެމުންދާތީ، އެކަމާމެދު ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު