Saturday, October 31
ދ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް އެޅުމަށް އާރުޑީސީ އާއި ހަވާލުކޮށްފި
ދ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު  އަޙުމަދު ޤާސިމްއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރުއެވެ. އައު ހޮސްޕިޓަލުން ލިބިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި، ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ އަކާއި، ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސޯލަރ ޕީވީ ސިސްޓަމް މި ހޮސްޕިޓަލްގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގަށެވެ. މަސައްކަތުގެ އަގަކީ މަސައްކަތުގެ އަގަކީ 181 މިލިއަން ރުފިޔާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު