Friday, November 13
ޤައުމިއްޔަތުގެ އިސްވަރުގެ މި އަހަރު ފުރަތަމަ ސިންތާ ބާއްވައިފި

"ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ފަރާތުން މި އަހަރު ބާއްވާ ފުރަތަމަ ސިންތާ ބާއްވައިފިއެވެ.

ހިޔަވަހާ ނަކަތުގެ ސިންތާގެ ނަމުގައި ބޭއްވި މި ސިންތާގެ މިފަހަރުގެ މައުއޟޫއަކީ " ދިވެހިން ތަޖުރިބާކުރި މޫސުމީ ކާރިސާތަކަށް ޢިލްމީ ކަޅިއެއް" މިއެވެ.

މި ހަފްތާގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ތާރީޚާ ބެހޭ އިސްވަރު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ މި ސިންތާގައި ދިވެހިން ތަޖުރިބާކުރި މޫސުމީ ހާދިސާތަކާއި ކާރިސާތަކުގެ މައްޗަށް ވަނީ އަލިއަޅުވާފައެވެ.

އެ ގޮތުން މީގެ 211 އަހަރު ކުރިން ރާއްޖޭގައި ހިނގި "ކޭލަކުނު ތަޅާލި ވިއްސާރަ"ގެ ނަމުން މަޝްހޫރުވެފައިވާ ބޯކޮށް ވާރޭވެހުނު ހާދިސާއާއި 102 އަހަރު ކުރިން ދިވެހިން ތަޖުރިބާކުރި ގަދަ ވައިގެ ހާދިސާގެ މައްޗަށް ޝާކިރު އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިންނަކީ މޫސުމީ ހާދިސާތަކާ ދުރު ބައެއް ނޫން ކަމާއި ތަފާތު ތަޖުރިބާތައް ދިވެހިންވަނީ ކޮށްފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ޢިލްމީ ނަޒަރަކުން ދިވެހިން ތަޖުރިބާކުރި މޫސުމީ ހާދިސާތަކަށް މިއަދުގެ ހަފްލާގައި ވަނީ އަލިއަޅުވާލާފައިވެއެވެ. މިކަމަށް އަލިއަޅުވާލައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މީޓިއޮރޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޙުސައިން ވަޙީދު އެވެ..

މި ސިންތާގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތުގެ ޑިޖިޓަލް ކޮޕީއެއް އަމިއްލަ ފަރާތަކުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް މިއަދު ވަނީ ހަދިޔާ ކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު