އެ ޕޯސްޓުގައި ޢަލީ ޙުސައިން ވިދާޅުވީ ސިޔާސީ ބޭނުމަށް އިޤުތިޞާދީ ގޮތުން ދެކޮޅު ނުޖެހޭ ކުދިކުދި އެއާޕޯޓުތައް އެޅުމުން ދައުލަތް އިތުރަށް ދަރަނިވެރިވާނެ ކަމަށެވެ. ޢަލީ ޙުސައިން މިހެން ވިދާޅުވީ ރ. ފައިނު އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކުރުމާ ގުޅިގެންވެ. މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސައުދީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފެވެ. ފައިނު އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު، އެ އެއާޕޯޓު ހިންގާނީ އެމްއޭސީއެލްގެ ދަށުން މިވަގުތު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީންނެވެ. ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބުރުވަރީ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު، ރ. ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތްކުރައްވާނީ، އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށެވެ. މިއީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް ފުރުޞަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.މާޅޮސްމަޑުލު މެދުގައި އަޅާ އެއާޕޯޓު ވާންޖެހޭނީ އިންޓަނޭޝަނަލް ފެންވަރުގެ ބޮޑު ދިގު އެއާ ޕޯޓަކަށް. ސިޔާސީ ބޭނުމަށް އިގުތިސޯދީ ގޮތުން ދެކޮޅު ނުޖެހޭ ކުދިކުދި އެއާޕޯޓުތައް އެޅުމުން ދައުލަތް އިތުރަށް ދަރަނިވެރިވާނެ. https://t.co/mfuZuNdzrW
— Ali Hussain (@AleeVoice) February 23, 2025

މާޅޮސްމަޑުލު މެދުގައި އަޅާ އެއާޕޯޓު ވާންޖެހޭނީ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ދިގު އެއާޕޯޓަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





