Saturday, October 31
ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ދެ މީހެއްގެ ބަންދަށް 15 ދުވަސް

ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހާހޫރައާއި ފަންޑިތަ ހަދާކަމަށް ތުހުމަކުރެވޭ މައްސަލައިގައި ފެބުރުވަރީ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރ. އުނގޫފާރު، ރިވެލި، މުޙައްމަދު އަމްޖަދު (61 އ) އާއި ރ. އުނގޫފާރު، ނަސީމީހިޔާ، މުޙައްމަދު ވަޙީދު (67 އ) އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ފަހަކަށް އައިސް ސިހުރު ހާހޫރައިގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު