Friday, November 13
އުފުލަންދޫ ބޮޑު މަގު ސާފުކުރަން މަޑުއްވަރީ ރައްޔިތުން އެރަށަށް

ރ އަތޮޅު އުފުލަންދޫ ބޮޑު މަގު ސާފުކުރަން އެރަށަށް ދިއުމުގެ ފުރުޞަތު މަޑުއްވަރީ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

މަޑުއްވަރީ ކައުންސިލުން ބުނީ ދަތުރުގެ ބައިވެރިންނަށް އެރަށަށް ގޮސް ކާއްޓާއި ފަނާއި އޮށް ހޮވުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މަޑުއްވަރީ ކައުންސިލުން މިހާރު ވަނީ މި އެރަށް ދާން ބޭނުންވާ ރައްޔިތުންނަށް އެ ފުރުޞަތު ހުޅުވާލާ ކދާން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގައި ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ ހިމަނުއްވައި އެކަން ރައީސް ކަނޑައެޅުއްވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މިދިޔަ މަހު ރ މަޑުއްވަރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމަށްވާތީ ރައީސް ނިންމި ނިންމެވުމެއް ކަމަށެވެ. މީގެ އިތުރުންވެސް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދުވަހުގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު