Tuesday, November 17
ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔަ 19 ބިދޭސީން ފަރުވާއަށްފަހު ދޫކޮށްލައިފި

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންތަކެއް ރޭ ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

ކާނާ ވިހަވެގެން ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 16 ފިރިހެންނުންނާއި ތިން އަންހެނުންނާއެކު ޖުމުލަ 19 ބިދޭސީއެކެވެ. މި މީހުންގެ ތެރެއިން 17 މީހަކަށް ފަރުވާ ދިނުމަށްފަހު ރޭ ދޫކޮށްލާފައިވާއިރު، ދެން ތިބި ދެ މީހުން ހޮސްޕިޓަލުން ދޫކުރީ މިއަދު ހެނދުނުއެވެ.

އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެ ބައެއް ފަރާތްތަކުގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، މި މައްސަލަ ގާތުން ބަލައި މޮނިޓަރކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފައެވެ.

އަދި އެ ކޮމިޝަނުން ވަނީ، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި, ކަން ހިނގާދިޔަގޮތް ތަހުޤީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައިފައެވެ.

އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބެނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ޑީޕޯޓްކުރުމަށް ނިންމާފައިވާ ފަރާތްތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު