Saturday, October 31
ވަޒީރު ޑރ. ޚަލީލް ޖެނީވާއަށް ވަޑައިގެންފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ރަސްމީ ދަތުރުފުޅެއްގައި ސްވިޓްޒަރލަންޑްގެ ޖެނީވާއަށް ވަޑައިގަންނަވައިފިއެވެ. ވަޒީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ޖެނީވާއަށް ވަޑައިގެންނެވީ އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. މިގޮތުން ވަޒީރު ވިދާޅުވީ މަތީ ފެންވަރުގެ އާންމު ބަހުސްގައި ވާހަކަދައްކަވައި، މަތީ ފެންވަރުގެ ބައެއް މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ސެޝަންގައި ބައިވެރިވެ، ސެޝަންގެ އެހެނިހެން ބައިވެރިންނާ ބައްދަލުކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު