Saturday, October 31
ރޯދަ ހަދިޔާ: ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރަނީ
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް ބެހުމަށް މާލޭގައި ޤާއިމްކޮށްފައިވާ ކޮންމެ މަރުކަޒަރަކަށް ދޫކުރާ ޓޯކަންގެ އަދަދު މިރެއިން ފެށިގެން އިތުރުކުރުމަށް ނިންމައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވީ 22 ފެބުރުވަރީ ދުވަހުގެ ރޭ، ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު ކަމަށާއި، އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަދު 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިރެއިން ފެށިގެން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެއަށްވުރެ އިތުރުކުރުމަށާއި، މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީޚު (އަވަސްކޮށް) ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމައިފައެވެ. ވަޒީރު ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަން ބޭނުންކޮށްގެން ކުރިޔަށްގެންދެވޭނެ ކަމަށެވެ. ވަޒީރު ވަނީ، ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ. "ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ"، ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު