ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދެން މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށްކަމަށެވެ. ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުން ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އެ ވުޒާރާއިން ވަނީ މަސްދަޅު ކޭސް ހޯދުމަށް މާލެ ސަރަހައްދުގައި ކިޔޫ ގައި ރަޖިސްޓްރީ ވުމަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފްކޮށް، އެ ވެބްސައިޓު މެދުވެރިކޮށް މިއަދު 18:00 އިން ފެށިގެން ޓޯކަން ދޫކުރަން ފަށައިފައެވެ. މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު: 1- މިފްކޯ ކޮމްޕްލެކްސް (މާފަންނު)- 200 ޓޯކަން 2- އެމް.ޓީ.ސީ.ސީ ސޯމިލް- 200 ޓޯކަން 3- ހެންވޭރު ދަނޑު- 100 ޓޯކަން 4- ގަލޮޅު ދަނޑު – ސެޓަޕް 1- 50 ޓޯކަން 5- ގަލޮޅު ދަނޑު – ސެޓަޕް 2- 50 ޓޯކަން 6- ގަލޮޅު ދަނޑު – ސެޓަޕް 3- 50 ޓޯކަން 7- ގަލޮޅު ދަނޑު – ސެޓަޕް 4- 50 ޓޯކަން 8- ސޯޝަލް ސެންޓަރު- 100 ޓޯކަން 9- ވިލިމާލެ – ވެމްކޯ ސައިޓް- 100 ޓޯކަން 10- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ- 100 ޓޯކަން 11- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)- 10- 100 ޓޯކަން 12- ހުޅުމާލެ – ހިޔާ ޓަވަރު 10- 100 ޓޯކަން 13- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް- 100 ޓޯކަން ގިނަ ވަގުތު ކިއޫގައި ނުތިއްބަސް، ރޯދަ ހަދިޔާ ހުރިހާ ގޭބީސީތަކަށް ލިބެންދެން 28 ފެބުރުއަރީ ގެ ފަހުން ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ޝަރީފް ވަނީ ވިދާޅުވެފައެވެ.ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުން ކުރިއަށްދަނީ. މަސްދަޅު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރެއިން ހެންވޭރު ދަނޑާއި، އެމްޓީސީސީ ސޯމިލާއި ސޯޝަލް ސެންޓަރ އަދި މިފްކޯ ގުދަނަށް ވަޑައިގެން މަސައްކަތް ހިނގަމުންދާގޮތް… pic.twitter.com/36KeAOdIaT
— Ministry of Cities, Local Government, Public Works (@MoCLPmv) February 22, 2025

މި އަހަރުގެ ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ބައްލަވާލައްވައިފިއެވެ.
މިގޮތުން ވަޒީރު ވަނީ މަސްދަޅު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރެއިން ގަލޮޅު ދަނޑަށާއި، ހެންވޭރު ދަނޑާއި، އެމްޓީސީސީ ސޯމިލާއި ސޯޝަލް ސެންޓަރ އަދި މިފްކޯ ގުދަނަށް ވަޑައިގެން، މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން





