އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު މިރޭ ހޮސްޕިޓަލަށް ގެންދިޔައީ ކާނާ ވިހަވުމުގެ ސަބަބުންނެވެ.
އެގޮތުން، މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބެނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ޑީޕޯޓްކުރުމަށް ނިންމާފައިވާ ފަރާތްތަކެވެ.
މި ލިޔުން ކިޔާލުމުން