މިއަހަރުގެ ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ހޯދުމަށް މާލެ ސަރަހައްދުގައި ކިޔޫ ގައި ރަޖިސްޓްރީ ވުމަށް އެކުލަވާލި "ރޯދަ ހަދިޔާ" ވެބްސައިޓު ޑައުންވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ރޯދަ ހަދިޔާ މަސްދަޅުކޭސް ހޯދުމަށް ޓޯކަން ދޫކުރަން ފަށާނީ މިއަދު 18:00 ގައި ކަމަށާއި، ޓޯކަން ދޫކުރާނީ ހަމައެކަނި އޮންލައިން ކޮޮށް ކަމަށެވެ. ނަމަވެސް މިކަމަށްޓަކައި ތަޢާރަފްކުރި ވެބްސައިޓު ވަނީ 18:00 ވުމާއެކު ޑައުންވެފައެވެ. އޭގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ފަހުން ވެބްސައިޓު އަލުން ލައިވްކޮށްފައިވީނަމަވެސް، ޓޯކަން ނެގުމުގެ ނިޒާމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އަދި ޓޯކަން ނެގޭ ގޮތެއް ނުވެއެވެ.
އެ ވުޒާރާއިން ބުނީ، މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދެން މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށްކަމަށެވެ.
ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުން ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު:
1- މިފްކޯ ކޮމްޕްލެކްސް (މާފަންނު)- 200 ޓޯކަން
2- އެމް.ޓީ.ސީ.ސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު – ސެޓަޕް 1- 50 ޓޯކަން
5- ގަލޮޅު ދަނޑު – ސެޓަޕް 2- 50 ޓޯކަން
6- ގަލޮޅު ދަނޑު – ސެޓަޕް 3- 50 ޓޯކަން
7- ގަލޮޅު ދަނޑު – ސެޓަޕް 4- 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ – ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ- 100 ޓޯކަން
11- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)- 10- 100 ޓޯކަން
12- ހުޅުމާލެ – ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް- 100 ޓޯކަން
ގިނަ ވަގުތު ކިއޫގައި ނުތިއްބަސް، ރޯދަ ހަދިޔާ ހުރިހާ ގޭބީސީތަކަށް ލިބެންދެން 28 ފެބުރުއަރީ ގެ ފަހުން ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ޝަރީފް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ޙުޅުމާލެ ފޭސް 2 ގެ އެންމެންނަށް މަސްދަޅު ބަހާ ނިންމާލޭނީ ބޮަޑު ޢީދަަށް!
މި ލިޔުން ކިޔާލުމުން