Saturday, October 31
ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

"ސާފު ވިލިމާލެ ރައްކާތެރި ވެށި" ގެ ނަމުގައި ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ "ސާފު ވިލިމާލެ - ރައްކާތެރި ވެށި" މި ނަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އިސްނަންގަވައިގެން ދައުލަތުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު މިއަދު ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލުގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީ، ސިޓީސް މިނިސްޓްރީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް(އެމްޑަބްލިޔުއެސްސީ) އަަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަދި ވިލިމާލެ ފުލުހުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި މި ޕްރޮގްރާމްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ބައިވެރިވެވަޑައިގެންފައި ވެއެވެ.

https://twitter.com/MoCLPmv/status/1893182667669327957

މި ހަރަކާތުގައި އެތަންތަނުގެ އިސްވެރިން ވަނީ އަމަލީގޮތުން ސާފުކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާޒިމް ވިދާޅުވީ ވިލިމާލޭގެ ތަރައްޤީއަށް ކުރިއަށްގެންދާ ހަމަ ކޮންމެ ކަމެއްގައި އެ އަވަށް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙަައްމަދު އިސްމާޢީލަށް ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށެވެ.

ސާފު ވިލިމާލެ ރައްކާތެރި ވެށި ޕްރޮގްރާމްގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ޖަމާވެފައިވާ ކުނި ނަގާ، ސާފުކުރަމުންދާނޭކަމަށް މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މުއައްސަސާތަކުން ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު