Saturday, October 31
މާފަރު އެއާޕޯޓްގެ މާސްޓަޕްލޭން ހެދުމަށް ބަޔަކު ހޯދަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މާސްޓަޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެއާޕޯޓް ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސްއިން ބުނި ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ތަޖުރިބާކާރު ކޮންސަލްޓެންސީ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ނ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތައް ފަސޭހަކުރުމުގެ ގޮތުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވައި، ފްލައިޓު ޖައްސަން ފެށީ 1 ޑިސެންބަރު 2019 ގައެވެ.

އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ އެމްޓީސީސީ އިން ފަށައިގެން ކުރިއަށްދާއިރު، އެ މަޝްރޫޢުގެ %77 ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 29.85 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ތެރޭގައި މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމާއި، 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތުގެ އިތުރުން އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު