Saturday, October 31
އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ ބިލްޑިންގ ކޯޑާ ބެހޭ ތަމްރީން ނިންމާލައިފި
ސައުތު އޭޝިއާ ރީޖަނަލް އިންފްރާސްޓްރަކްޗަރ ކަނެކްޓިވިޓީ (ސާރިކް) މެދުވެރިކޮށް އޮސްޓްރޭލިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިލްޑިންގ ކޯޑާ ބެހޭ ތަމްރީން ސެޝަންތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް ވަނީ ބައިވެރިވެވަޑައިގެން، ތަމްރީންގެ ބައިވެރިންނަށް ހަނދާނީ ލިޔުންތައް އަރުވައިފައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ހައި ކޮމިޝަނަރ، އެންޑްރޫ ހޮޖެސް އާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ޠަލްޙަތު ވަނީ ވާހަކަދައްކަވައިފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރުގެ ނައިބު، މުޙައްމަދު އިމްރާން ޙަސަން އަދި އެ ވުޒާރާގެ ފަންނީ ޓީމުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 2 ފެބުރުވަރީ 2025 ގައި ފެށުނު މި ތަމްރީން ނަންގަވައިދެއްވީ އެސޯސިއޭޓް ޕްރޮފެސަރ، ޑރ. ސަޢީދު ބަނިހާޝިމީ އެވެ. މި ތަމްރީން އަމާޒުކޮށްފައިވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ ފަންނީ މުވައްޒަފުންނަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު