Friday, November 13
އައްޑޫ އަށް ގެންދެވުނު އައު ޖަނަރޭޓަރު އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފަށައިފި
އައްޑޫ ސިޓީ އަށް  ގެންދެވުނު 1.8 މެގަވޯޓުގެ އާ ޖެނެރާޓަރު ސެޓް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ. އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖެނެރޭޓަރު މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެ، އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭ މައްސަލައަށް މިހާރު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ. ފެނަކައިން ބުނީ ރަމަޟާން މަހަކީ ޚާއްޞަ ގޮތެއްގައި ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށްވާތީ އާއި، އައްޑޫގައި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތްތައް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު