Saturday, October 31
މަސްދަޅު ކޭސް ބަހާ ތަންތަން އިތުރުކޮށް ހުރިހާ ގޭބިސީތަކަށް ބަހާ ނިމެންދެން ދޫކުރަން ނިންމައިފި

މަސްދަޅު ކޭސް ބަހާ ތަންތަން އިތުރުކޮށް، ހުރިހާ ގޭބިސީތަކަށް ބަހާ ނިމެންދެން ދޫކުރާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލޭގައި ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިންނާއި ސޯޝަލް ސެންޓަރުން އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިތުރު ދެ ތަނަކުން މަސްދަޅު ބެހުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުވާލު ހޫނުގަދަ ކަމަށް ފެންނާތީ، އެ ވަގުތު ރޯދަ ހަދިޔާ ދޫކުރުން ނޯންނާނެ ކަމަށެވެ.

https://twitter.com/Adamshareefz/status/1892916660748849354

"ރޭގައި ކިއޫގައި ގިނަވަގުތު ތިބެން ޖެހުނީތީ ހިތާމަ ކުރަން. މޭން ޕަވަރ އިތުރުކޮށް އިންތިޒާމުތަށް ރަނގަޅު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން." މިނިސްޓަރު ޝަރީފު ވިދާޅުވިއެވެ.

މާލޭގައި މަސްދަޅު ކޭސް ބަހަން ފެށީ ރޭ 20:00އިން ފެށިގެންނެވެ. ރޭގައި އެ ތަކެތި ބެހީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ. އެ ސަރަހައްދުގައި، މަސްދަޅުކޭސް ބަހަން ފެށުމުގެ މާ ކުރިން ވެސް އެތައް ބަޔަކު ކިއު ހަދައިގެން ތިބިިއިރު، އެތައް ބަޔަކު އޭގެ ފަހުން ވެސް ކިއުގައި ޖެހެމުން ދިޔައެވެ.

އަދި މިހާތަނަށް 9،394 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް މިނިސްޓަރު ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އިތުރަށް ވިދާޅުވީ ދިގު ކިއޫއަށް ނޭރިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ގިނަ ވަގުތު ކިއޫގައި ނުތިއްބަސް، ރޯދަ ހަދިޔާ ހުރިހާ ގޭބީސީތަކަށް ލިބެންދެން 28 ފެބުރުއަރީ ގެ ފަހުން ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު