Friday, November 13
14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި

14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ޒުވާން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ ކަމަށެވެ. އޭނާގެ އުމުރަކީ 23 އަހަރެވެ.

މިމަހުގެ 19 ވަނަ ދުވަހު މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭނެއްގައި ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށްފައެވެ.

މި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު