ކަރަންޓު ބިލަށް މަސްދަޅުގެ އަގު އެއްކުރުން ނޫން ގޮތެއް ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމްޑިޕީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ކިޔޫގައި ޖެހިގެން ނަމަވެސް ރޯދައަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ ގޮތްވުން އެއީ ބިކަވެ ގޮތް ހުސްވެފައި ތިބި ދިވެހި ރައްޔިތުންނަށް ލިބުނު ނިޢުމަތެއް ކަމަށާއި، މިހާ ހާލުގައި ޖެހިފައިވާ ވަގުތެއްގައި މިފަދަ އެހީތެރިކަމެއް ވެސް ވެދެއްވުމުގެ ވިސްނުން ސަރުކާރަށް ވިސްނުނީތީ އަދި އެވަރު ކޮށްލުމުގެ ޤާބިލުކަން ހުރިކަމީ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެއް ކަމަށެވެ.
މިވަގުތު ކިއުގައި ޖެހިގެން ނަމަވެސް ރޯދަޔަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ ގޮތްވުން އެއީ ބިކަވެ ގޮތްހުސްވެފައި ތިބި ދިވެހި ރައްޔިތުންނަށް ލިބުނު ނިއުމަތެއް. މިހާ ހާލުގައި ޖެހިފައިވާ ވަގުތެއްގައި މިފަދަ އެހީތެރިކަމެއް ވެސް ވެދެއްވުމުގެ ވިސްނުން ސަރުކާރަށް ވިސްނުނީތީ އަދި އެވަރު… pic.twitter.com/SGSVBFj0Zu
— Fayyaz Ismail (@faya_i) February 21, 2025
"ކަރަންޓު ބިލަށް މަސްދަޅުގެ އަގު އެއްކުރުމުގެ ބަދަލުގަ އެހެން ގޮތެއް ރައީސް ހޯއްދަވާނެކަމަަށް އުންމީދުކުރަން. ސަރުކާރަށް ވަރަށް ޝުކުރު"، ފައްޔާޟްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ފައްޔާޟް މިހެން ވިދާޅުވިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ރޯދައަށް ގޭބިސީތަކަށް ބަހާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށުމުން ބޮޑު ކިޔޫ ހަދައި އެތައް އިރެއް ވުމުގެ ސަބަބުން އިތު ތަންތަނުން މަސްދަޅު ބެހުމުގެ އިންތިޒާމް މާދަމާގެ ކުރިން ހަމަޖައްސާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ކަރަންޓު ބިލު އިންތިހާއަށް ބޮޑުވާކަމުގެ ޝަކުވާތައް ފެންމަތިވެއެވެ. މި އަހަރުވެސް ފިޠުރު ޢީދަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޮކި ހަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންވެސް ބައެއް ފަރާތްތަކުން ވަނީ އެކަމާމެދު ފާޑުކިޔައިފައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ކަލޯ ހަޖަމް ކޮށްބަލަ
މި ލިޔުން ކިޔާލުމުން