Saturday, October 31
ރޯދައަށް ހުޅުމާލެ ސާފުކުރުމުގެ ޕުރޮގުރާމެއް އެޗްޑީސީން ފަށައިފި
ރޯދައަށް ހުޅުމާލެ ސާފުކުރުމުގެ ޕުރޮގުރާމެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. "ރޯދަ ސާފު" ގެ ނަމުގައި އެ ކުންފުނިން މިއަދު ފެށި މި ޕުރޮގުރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕުރޮގުރާމަކީ ހުޅުމާލޭގައި ޤާއިމްވެފައިވާ މުައައްސަސަާތަކާއި ޖަމާޢަތްތައް ގުޅިގެން، ދުނިޔެ މަގޭ ރައްކާތެރިކޮށް ދެމެހެއްޓުމަށް ބާއްވާ ޕުރޮގުރާމެއް ކަމަށާއި، މި އަހަރުގެ ރޯދަ ސާފު ޕުރޮގުރާމު ރޯދަ މަސް ފެށުމާ ހަމައަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މިއަދު ހެނދުނު މި ޕުރޮގުރާމު ފެށީ ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދުންނެވެ. ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުސްތަޤުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ޚާއްޞަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި، ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕުރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ހ.ފަޔާޒް - 2025-02-21T21:38:16

    ހުޅުމަަަާލެ ފޭސް 1ގެ 139ފުލެޓް ބަރީގެ މަގަާއިވީ ފަރަާތުގެ ޕޭމެންޓު ހަލަަާކުވެފާ ހުއްނަތާ މިހަަާރު ކިހާދުވަހެއް އެޗްޱީސީ އަށް ހަމަނުފެއްނަނީބާ