Saturday, October 31
ރާއްޖެއާއި ލަންކާއާ ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިރާތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސްގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ލަންކާގެ ރައީސަށް ސަލާމާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ މުހިންމު އަސާސްތަކަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިރާތައް ހޯދުމަށް ދިވެހި ސަރުކާރުން ޝައުޤުވެރިވާކަން ހާމަކުރައްވައިފައެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ސްރީލަންކާއިން އަބަދުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ އާއި، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު އަދި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުﷲ ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު