Saturday, October 31
ވަޒީރު ޑރ. ޚަލީލް، ލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައިފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ޤައުމުގައި އުޅެ ދިވެހީންގެ ހުރި ކަންބޮޑުވުންތައް އައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ސްރީލަންކާގައި ދިވެހީންގެ ބޮޑު އާބާދީއެއް ދިރިއުޅޭކަމަށާއި، އެ ޤައުމަކީ ގިނަ ދިވެހީންގެ ދެވަނަ ގެ ކަމުގައި ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އަދި ވަޒީރު ވަނީ ދިވެހިން ސްރީލަންކާއަށް ދަތުރުކޮށް އުޅެނީ އާންމު ގޮތެއްގައި ތަޢުލީމަށާއި ޞިއްޙީ ފަރުވާއަށްކަން ވެސް ފާހަގަކުރައްވައިފައެވެ. ވަޒީރު ޑރ. ޚަލީލް ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު، އެމްއެޗް ވިޖިތާ ހެރަތުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު