Friday, November 13
ފުލުހުންގެ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ގެ މީޑިއާ ޕާރޓްނަރަކަށް އެސްއެސްޓީވީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އަހަރަށް ހާއްސަކޮށްގެން ހިންގާ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް  ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތިން ފަރާތަކާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްތަކުގެ ޕްލެޓިނަމް ޕާޓްނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ޕްލެޓިނަމް ޕާޓްނަރ ޕްރޮކްސީ، އަދި މީޑިއާ ޕާޓްނަރ އެސް.އެސް ޓީވީއާ ދެމެދުއެވެ.

މި ސޮއިކުރެވުނު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އެންގޭޖްމަންޓު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު