Saturday, October 31
އަންހެން މުދައްރިސަކު ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަންހެން މުދައްރިސަކު ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ފިރިހެން ދަރިވަރަކަށް، އެ ސްކޫލްގައި ކިޔަވައިދޭ އަންހެން މުދައްރިސަކު ގްރޫމްކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅޭ މަޢުލޫމާތު ކަމާބެހޭ އިދާރާތްތަކާ ހިއްސާކޮށް، މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގްރޫމްކުރުން ފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ރިޕޯޓުކުރެއެވެ. މިގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުވެސް ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ދަރިވަރުންތަކެއް ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ މައްސަލައިގައި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު