Tuesday, November 10
ކާބޯތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިވެރިން ދޭ އެއްބާރުލުމަށް މިނިސްޓަރުގެ ޝުކުރު
ކާބޯތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުން ދޭ އެއްބާރުލުމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު ކެއިންބުއިމުގައި ބޭނުންކުރާ ތަކެތީގެ އަގު ނުއުފުލި  ލިބޭނެއިންތިޒާމް ހަމަޖެއްސެވުމުގައި ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ ލުއި ފަސޭހައަށް އަޅުއްވާ ފިޔަވަޅުތަކަށް ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އެއާއި އެކު އެމަނިކުފާނު ވަނީ އެސްޓީއޯ އަދި ރާއްޖެއަށް މުދާ ގެންނަ މަޝްހޫރު ވިޔަފާރިއަކުން އަމިއްލަ ވިޔަފާރިއަކުން ރޯދައަށް ބޭނުންވާ މުހިންމު މުދާތަކެއް އަގުހެޔޮކޮށްފި ކަމަށް މީޑިއާގައި ލިޔެފައިވާ ޚަރަބެއްގެ ސުރހީ ފެންނަ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށްފައެވެ. އެސްޓީއޯ އިން މިހާރު ވަނީ ރޯދައަށް އާއްމުކޮށް ބޭނުންކުރާ ފިޔާ، ލުނބޯ، ބިސް، އަލުވި، އަދި ކާށި ފަދަ ތަކެތި ގެނެސް އެތަކެތީގެ އަގުމަތިނުވާނެ ގޮތަކަށް ވިއްކަން ފަށާފައެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ އަސާސީ ބާވަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ތަކެތީގެ ލިސްޓެއް އެކުލަވާލާފަ އެވެ. 141 ބާވަތެއް ހިމެނޭ އެ ލިސްޓުގައި 32 އައިޓަމްއަކީ ކްރިޓިކަލް އައިޓަމްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އާއްމުކޮށް ގޭބިސީގައި ކޮންމެހެން ބޭނުންކުރާ ތަކެއްޗެވެ. އެގޮތުން ލިސްޓްގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 އައިޓަމަކާއި، މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ 38 އައިތަމް ގެ އިތުރުން ކަނޑުމަހުގެ 10 ވައްތަރު ހިމަނާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު