Saturday, October 31
މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ %68 މަސައްކަތް ނިމިއްޖެ
މ. މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ %68 މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. މިގޮތުން އާރްޑީސީން ހާމަކުރި އެ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، އެ ރަށު ކަނބާ ހިނގުމުގައި މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މީގެ އިތުރުން ހުސޭނީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކް މަތިގަނޑު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އާރްޑީސީން ބުނީ މި މަޝްރޫޢުގެ ދަށުން ކޮނެގެން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައްވެސް ނިމިފައިވާ ކަމަށެވެ. މުލަކުއަތޮޅު މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރްޑީސީ އާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ހެދުމާއި، މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ބެހެއްޓުންވެސް ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި އެއަށް ބޭނުންވާ ކަރަންޓު ކޭބަލްވެސް މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު