Saturday, October 31
ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން ވެސް މީހުން ބަދަލުވާން އެދިއްޖެ

ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދިފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ވ. އަތޮޅާއި މ. އަތޮޅު ރަށަކުން އެހެން ރަށަކަށް ބަދަލު ކޮށްދިނުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް  އެކަމާމެދު ރަސްމީކޮށް އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

އެ ރަށްތަކުގެ ރައްޔިތުން އެދޭ ގޮތަށް ރަށް ބަދަލުކުރަން ނިންމައިފި ނަމަ، އެކަމުގެ ތަފްޞީލް ހާމަކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު  ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެރަށު މީހުން ހދ. ހަނިމާދޫ އަށް ބަދަލު ކުރުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށާފައިވާ ކަމަށާއި އެކަމާ ގުޅޭ ސިޔާސަތު ކަރުދާސްތައް އެކުލަވާލަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ބޭނުންވާ ގޮތަށް ހަނިމާދޫއަށް ބަދަލުކުރައްވާނެ ކަމަށެވެ.

ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު