Saturday, October 31
ގޭގައި ކާބޯތަކެތި ހަދާ ވިއްކުމަށް 158 ފަރާތް ރަޖިސްޓްރީ ކޮށްފި

އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދާ ވިއްކުމަށް މިހާތަނަށް 158 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ މި ފެބުރުއަރީ މަހުގެ 19 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓްގައި ވަނީ އެ ފަރާތްތަކުން ތައްޔާރުކުރާ ތަކެއްޗާއި، އެޑްރެސް ގެ އިތުރުން އެމްއެފްޑީއޭ އިން ދީފައިވާ ރަޖިސްޓްރީ ނަންބަރު އާއްމުކޮށްފައެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާއްމުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އުސޫލުގައި ވާ ގޮތުން އަމިއްލަ ފަރާތްތަކަށް ކާބޯތަކެތީގެ ވިޔަފާރިކުރާއިރު، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ވެސް ހަދަން ޖެހެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ތަމްރީން މިހާރު 30 މީހަކު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ 16 ގަޑިއިރުގެ ތަމްރީނެކެވެ. މި ތަމްރީން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

އުސޫލުގައި ހިމެނޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ވަހާއި ދުމާއި، ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ޞިއްޙަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން، ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުމުގެ އިތުރުން

ކާބޯތަކެތި ވިއްކަން ބަހައްޓާއިރު، އެ ތަކެތި "ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަޑު"ގައިވާ ގޮތަށް ލޭބަލް ކުރުން ހިމެނެއެވެ.

މި އުސޫލުގެ ދަށުން ބަދިގޭގައި ހުންނަންޖެހޭ ބައެއް ޝަރުތު ތަކުގެ ތެރޭގައި އަތް ދޮވުމާއި ހިފައިގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖެހިފައި ހުރުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި އަބަދު ވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ޚާއްސަ ގަޑިއެއް ކަނޑައަޅައެޅުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު