Friday, November 13
މިސްކިތް އެޅުމުގެ 41 މަޝަރޫއެއް ކުރިއަށް އެބަދޭ: އިސްލާމިކް މިނިސްޓަރ
މިސްކިތް އެޅުމުގެ 41 މަޝަރޫޢެއް ސަރުކާރުން ކުރިއަށް އެބަގެންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ސޯޝަލްމިޑިއާގައި ކުރެއްވި ޕޯސްޓްެގައި ވިދާޅުވީ މިއަހަރު މިހާރު އަލަށް 6 މިސްކިތެއް އަޅަން ފަށާނެކަމަށެވެ. އަދި މިހާރު ކުރިއަށް ދާ 35 މިސްކިތް އަޅަމުން އެބަގެންދަވާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ އެހީގައި އަޅާ 12 މިސްކިތް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ 42 ރަށެއްގައި މިސްކިތް އަޅަންޖެހޭ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. " އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށްދޭ. މީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި  މިސްކިތް އަޅަން އެބަޖެހޭ"  މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. މިިނިސްޓަރ ވިދާޅުވީ އަލަށް އަޅާ މިސްކިތް ތަކުގައި ސޯލާ ވެސް ހަރުކުރެވޭނެކަމަށެވެ. އަލަށް މިއަހަރު މިސްކިތް އިމާރާތްކުރެވޭ ރަށްރަށުގެ ތެރޭގައި އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި ހިމެނެއެވެ. މި މިސްކިތްތައް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށާއި  މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މަޝްރޫޢުތަކުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފެށިގެންދާނެ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތްތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު