Friday, November 13
މިސްކިތް އަޅަން ހިންގާ ކެމްޕޭނަށް ފުރިހަމަ އެހީލިބޭނެ: ޑރ. ޝަހީމް

މިސްކިތް އަޅަން އަމިއްލަ ޖަމިއްޔާއަކުން އިސް ނަގައި  ކެމްޕޭނެއް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ ތާއިދު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަަށް މިއޮތް ރަމަޟާން މަހު ދިވެހި ހުރިހާ ރައްޔިތުންވެގެން މިސްކިތް އަޅަން ހުޅުވާލަން އެމަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.

" އާޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ޚަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6 ހާސް މީހުންވެގެން ނަމަ އެއީ މީހަކަށް އެއް ހާސް ރުފިޔާ! ކިހާ ގިނަ ސަވާބު ލިބޭނެ ކަމެއްމީ" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެގޮތުން 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ބޭނުންވަނީ 6 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ސަވާބު ބޮޑުކަމެއް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިކަމަށް ޝައުޤުވެރިވާ ޖަމިައްޔާ ނުވަތަ ތަނަވަސްކަން ހުރި ފަރާތްތަކުން މިސްކިތް އަޅަން ބޭނުންނަމަ އެކަމަށް  އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"އަމިއްލަ ޖަމިއްޔާއަކުން މިކަމަށް އިސް ނަގައި  ކެމްޕޭނެއް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ ތާއިދު ދޭަނަން.ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިން ގުޅިގެން ބައިވެގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް ފުރިހަމަ އަށް އެހީތެރިވާނަން" ިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު