Saturday, October 31
ރައީސް މައުމޫންގެ އަމިއްލަފުޅު ފޮންޓެެއް ނެރެނީ

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަމިއްލަފުޅު ފޮންޓެއް ހުކުރު ދުވަހު ނެރުމަށް ތައްޔާރުވެއްޖެއެވެ.

މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕްގެ މަސައްކަތް އެއްކޮށްލައިގެން އުފެއްދެވި މި ފޮންޓް
ރަސްމީކޮށް ނެރެން ހަމަޖެހިފައިވަނީ އާޓް ގެލެރީގައި ބޭއްވޭ ޚާއްސަ ހަފްލާއެއްގައެވެ.

"މައުމޫން" މި ނަމުން ނަންދެވިފައިވާ މި ފޮންޓް ދެއްކުމަށް ހޮނިހިރު ދުވަހު މާލޭ އާޓް ގެލެރީގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި މައުރަޒަށް އާންމު ރައްޔިތުންނަށް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ވަދެވޭނެއެވެ.

ރައީސް މައުމޫނަކީ ދިވެހި އަދި އަރަބި ލިޔުމުގެ ފަންނުގައި ވަރަށް ހުނަރުވެރި ބޭފުޅެކެވެ. އެމަނިކުފާނުގެ އަތްޕުޅުން ވަރަށް ފުރިހަމައަށް ދެ ބަހުންވެސް ލިޔުއްވަ އެވެ.

މާލޭގެ އިސްލާމީ މަރުކަޒުގެ މިހުރާބުގޭގައި ހަރުކުރެވިފައިވާ ފިލާގައިވާ ލިޔުމަކީ އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުމެކެވެ. އަދި އިސްލާމީ މަރުކަޒުގެ ބޭރުގައިވާ ނަންބޯޑުވެސް ލިޔުއްވާފައިވަނީ އެމަނިކުފާނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު