މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިންޓަނެޓް ބޭންކިންގ ނިޒާމު އަޕްގްރޭޑްކޮށް، ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޑޮލަރު މާރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެމްއައިބީން ހާމަކުރާ ގޮތުގައި މި އާ ފީޗާއަކީ ސަރުކާރުގެ ފޮރެކްސް ޤާނޫނަށް ޢަމަލުކުރަންޖެހޭ ވިޔަފާރިތަކަށް އަމާޒުކޮށް ގެނައި އަޕްގްރޭޑަކަށް ވީނަމަވެސް، މި ފީޗާ އަކީ ވިޔަފާރިތަކާއި ވަކިވަކި ފަރުދުންނަށް ބޭނުންތެރި ކަމަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބޭންކުން ބުނީ މި ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނީ އެމްއައިބީގެ އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމް "ފައިސާނެޓް" މެދުވެރިކޮށް ކަމަށާއި، ފައިސާނެޓްގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންވާނެ ކަމަށެވެ.
ޑޮލަރު ބަދަލުކުރުމަށް އިންޓަނެޓް ބޭންކިންގ އަށް ލޮގިންވެ، ބޭނުންވާ ތަފްޞީލްތައް ލިޔުމަށްފަހު، މުޢާމަލާތް ފުރިހަމަކޮށްލެވޭނެއެވެ. މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ބޭރު ފައިސާގެ ބޭނުންތައް ފަސޭހަކަމާއެކު އޮންލައިންކޮށް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން