Tuesday, November 10
ބިހާއި އަލުވިވެސް ހެޔޮ އަގުގައި އެސްޓީއޯއިން ވިއްކަން ފަށައިފި

ރަމަޞާން މަހާއި ދިމާކޮށް ބިހާއި އަލުވިވެސް ހެޔޮ އަގުގައި ވިއްކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ )އިން ފަށައިފިއެވެ.

އެސްޓީއޯއިން ބިސް ކޭހެއް މިހާރު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށްކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

ވަކިން ރީޓެއިލުކޮށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން ބިހެއް 2 ރުފިޔާއަށް އަލުވި ކިލޯއެއް 18 ރުފިޔާއަށް ގަންނަން ލިބޭނެއެވެ.

ފިޔާ ބަސްތާއެއް 319 ރުފޔާއަށް ވިއްކާއިރު، އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯނުގައި ހުންނަ އެސްޓީއޯގެ ވެއާހައުސްއިން ފިޔާވެސް ހޯލްސޭލްކޮށް ވިއްކާނެއެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް ލިވޭނެއެވެ.

އޭގެ އިތުރަށް ލުނބޯވެސް ހެޔޮ އަގުގައި އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ. އެގޮތުން 5 ކިލޯގެ ލުނބޯ ކޭހެއް 145 ރުފިޔާއަށް ވިއްކާއިރު ލުނބޯ ކިލޯއެއް 40 ރުފިޔާއަށް އެސްޓީއޯ އިން ވިއްކާނެއެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ހޯލްސޭލުކޮށް އެތަކެތި ވިއްކުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން މިއަދު ބުނީ ފިޔާ، ބިސް އަދި އަލުވި ރާއްޖެއަށް އެތެރެކުރުމުގެ މައިގަނޑު މަޤުޞަދަކީ ރަމަޟާން މަހު އެތަކެތީގެ އަގު އެއް މިންވަރެއްގައި ހިފަހެއްޓުން ކަމަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ބާޒާރުގެ އަގަށް ބަލައި އެތަކެތީގެ އަގުތަކަށް ބަދަލުގެނެވޭނެކަމަށެވެ. އަދި ވަކިވަކި ސަރަހައްދުތަކުގައި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ސަރަހައްދުތަކުގައި ތަކެތި ވިއްކާ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ސަމުގާ - 2025-02-19T16:44:12

    ކިހާ ހެޔޮ ބާޒާރުން ބިހެއް 1.95 ލ، އަލުވި 16 އަށް ލިބޭ ވިޔާ!