Saturday, October 31
ރޯދަމަހު ކުނިއުކާ ގަޑިއަށް ބަދަލެއް

ރޯދަމަހު ކުނިއުކާލުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެންނަން ވޭސްޓް މޭނޭޖްމަންޓް ކޯޕަރޭޝަން ( ވެމްކޯ ) އިން ނިންމައިިފިއެވެ.

އެގޮތުން ރޯދަމަހު މާލޭގެ ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން މެންދަމު  02:30 އަށެވެ. ހުޅުމާލޭގެ  ގޭބީސީތަކުން ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން ކުނިނަގާ ނިމެންދެނެވެ.

ނަމަވެސް ހިޔާ ފްލެޓް ސަރަހައްދުގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ ހެނދުނު 09:00 އަކުން ފެށިގެން ހަވީރު 16:30ށެވެ. އަދި 21:00އިން ފެށިގެން 01:00 ޖަހަންދެން ވެސް ކުރިއަށް ދާނެއެވެ.

މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ބިލްޑިން ސާވިސްތަކުން ކުނި ނަގާނީ 20:30 ފެށިގެންނެވެ.

މި ގެނެވުނު ބަދަލާއި އެއްގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުނިނެގުމުގެ ކަންކަން ކުރިއަށް ދާނެކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. ރޯދައިގެ ކުރިން މި ބަދަލުތައް ގެންނަނީ ރައްޔިތުން އެކަމަށް ހޭނި ފަރިތަކުރުމަށްޓަކައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު