Friday, November 13
ދިވެހި ބަހުގެ އެކެޑަމީން 160 އައު ލަފްޒު ފާސްކޮށްފި

ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އައު 160 ލަފުޒު ފާސްކޮށް އިއުލާނުކޮށްފިއެވެ.

މި ލަފުޒުތަކަކީ 2023 އަދި 2024 ވަނަ އަހަރުގެ ތެރޭގައި އެކެޑަމީގެ ބަސްކޮމިޓީން އުފައްދާފައިވާ އައު ލަފްޒުތަކާއި އޭގެ މާނަތަކެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބުދުރަޙީމް ސޮއިކުރައްވާ ފާސްކޮށް އާއްމުކޮށްފައިވާ ބަސްލިސްޓަށް ބަލާއިރު 2023 ވަނަ އަހަރު 88 ލަފުޒާއި މާނަތައް އުފައްދާފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި 72 ލަފުޒާއި މާނަ އުފައްދާފައިވެއެވެ.

މި އައު ލަފުޒުތައް ފާސްކުރުމަކީ ދިވެހިބަސް ދިރުވައި އާލާކުރުމަށާއި، ޒަމާނީ ބޭނުންތަކަށް އަހުލުވެރިކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުންނެވެ. މި ލަފުޒުތަކުގެ ބޭނުން ހިފުމަށް ވެސް އެކެޑަމީން ވަނީ އެދިފައެވެ.

ފާސްކޮށްފައިވާ އައު ލަފުޒުތަކަށް ބަލާއިރު

Guesthouse - ފަތުރުވެހި

‏Seaplane - ކަނދުބޯޓު

‏Pollution - ވިސަޑު

‏‏‏Food court - ކާނާވެނި

‏Coverage- ތައުސީލު

‏Art gallery - ފަންނުވެހި

‏‏Winners - ވަނަވެރިން ހިމެނެއެވެ.

އުފައްދާފައިވާ އައު ލަފްޒުތަކާއި އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކި ވާހަކަ ދައްކަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަފީފު - 2025-02-19T15:22:47

    "ދިވެހި ބަހުގެ އެކަޑަމީ" 😄😄😄😄 ފުރަތަމަ ތިޔަ މުއައްޞަޞާގެ ނަން ދިވެހި ކުރެވޭތޯ ބެލުން ރަނގަޅުވާނެ.