Tuesday, November 17
އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކެނޑިއްޖެ
އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. އިމިގްރޭޝަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް މި ޚިދުމަތް އަލުން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ. އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ފެށީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ކޯލް ސެންޓަރު މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ލިބޭނެއެވެ. އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1434 އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު