މެދުރާއްޖެތެރޭގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
މިގޮތުން އާރްޑީސީން ވަނީ ނ. ހޮޅުދޫ އާއި އދ. މާމިގިއްޔާއި ޅ. ހިންނަވަރުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އަދާހަމަ ހާމަކޮށްފައެވެ.
ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް.#TeamRDC pic.twitter.com/4KbmyAUT5Z
— Road Development Corporation Ltd (@rdcmaldives) February 18, 2025
އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި ހޮޅުދޫގައި މިހާރު ކުރިއަށްދަނީ އަމީރު އަމީން މަގުގައި އެޗްވީ ހޮޅި އެޅުމުގެ މަސައްކަތާއި، މުޙައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިޕިންގެ މަސައްކަތެވެ. ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، ހިންނަވަރުގައި ކުރެވެމުންދަނީ ރޯޑް 9 ގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ރޯޑް 10 ގައި މަގު ބައްތީގެ ކޭބަލް އެޅުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. ހިންނަވަރު މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 122 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އަދި މާމިގިލީގައި މިހާރު ކުރަމުންދަނީ ރަށްދެބައި މަގުގައި ދުވާރު ހެދުމުގެ މަސައްކަތާއި، ގެވެހި މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.
މި ލިޔުން ކިޔާލުމުން