އެ ވުޒާރާއިން ހާމަކުރާ ގޮތުގައި ޑރ. ޢާއިޝަތު ޝިހާމްގެ މި ދަތުރުފުޅަކީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންނަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބަލާލުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މީގެ އިތުރުން ވަޒީރުގެ ދަތުރުފުޅުގައި ކަމާ ގުޅުންހުރި އިދާރާތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް ފުޅާކުރުމާއި، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.ވަޒީރު ޑރ ޢާއިޝަތު ޝިހާމް ށ. ފުނަދޫއަށް! ވަޒީރުއަށް ފުނަދޫއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި. ވަޒީރުގެ މި ދަތުރުފުޅަކީ ށ އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ އަތޮޅު… pic.twitter.com/gxtxQYei1a
— Ministry of Social and Family Development (@MSFDmv) February 18, 2025

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ށ. ފުނަދޫއަށް ވަޑައިގެންފިއެވެ.
ވަޒީރު ފުނަދޫ އަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން





