Friday, November 13
ޙައްޖުވެރިންގެ އިސް ޝައިޚަކަށް މުޠީޢު އިސްމާޢިލް
މިއަހަރު ދިވެހި ޙައްޖުވެރިންގެ އިސް ޝައިޚަކަށް ވަޑައިގަންނަވާނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް މުޠީޢު އިސްމާއިލް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރުގެ ނާއިބު އައްޝައިޚް މުޠީޢު އިސްމާޢިލްއަކީ ސަޢުދީ އަރަބިއްޔާގެ ޤަސީމް ޔުނިވާސިޓީއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އިއްޔެ މިނިސްޓްރީން ވަނީ މިއަހަރު ރާއްޖެއަށް ހައްޖަށްދާ މީހުން ގެންދިއުމަށް ޤައުމީ އެއަލައިން މޯލްޑިވިއަން އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ. ނަމަވެސް މި ކޮޓާ އިތުރުކޮށް، ހައްޖަށް ދިއުމަށް ހޭދަ ކުރާ އަދަދު ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު