Friday, November 13
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ލަންކާއަށް

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މިއީ ސްރީލަންކާގެ ފޮރިން މިނިސްޓަރ އެޗް.އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއި ލަންކާގެ ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ. އަދި ވަޒީރާއެކު ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިދަތުރުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާ ލަންކާގެ އަމިއްލަ ކުންފުނިތަކާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ވެސް ހޯއްދަވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ ގެ  އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު