Saturday, November 14
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %91 މަސައްކަތް ނިމިއްޖެ
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %91 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫޢުގެ ދަށުން ބޭރު ތޮށި ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ރެވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ %82 މަސައްކަތާއި، ގޮނޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ %87 މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ. 26.27 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 11 އޭޕްރީލް 2022 ގައި ކަމަށްވާއިރު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައި ވަނީ 3 ސެޕްޓެންބަރު 2022 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު