Friday, November 13
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް މުޖާހިދު

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.

މުޖާހިދު މީގެ ކުރިން ހުންނެވީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ މާލޭގެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ދީދީ  އެ ސްކޫލްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު ވަނީ ރިޓަޔަރ ކުރައްވާފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ އަދި އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތްކުރައްވާފައިވާ މުޖާހިދު މިއަދު ވަނީ ސްކޫލަށް ނިކުންނަވަން ފަށްޓަވާފައެވެ.

މުޖާހިދަކީ އާއްމުންގެ މެދުގައި މަޝްހޫރޫ ޓީވީއެމްގައި ޕާޓް-ޓައިމް  މަސައްކަތް ކުރައްވާ ޕްރެޒެންޓަރަކަށް ޕްރެޒެންޓަރެކެވެ.

މުޖާހިދު ވަނީ އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަންވެސް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު