Monday, November 2
ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލިސް މެންބަރުން މަތީ ތަޢުލީމަށް ތަމްރީނުކުރުން ފަށައިފި
ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލިސް މެންބަރުން މަތީ ތަޢުލީމަށް ތަމްރީނުކުރުން ފަށައިފިއެވެ. މިގޮތުން މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން "އެޑްވާންސްޑް ސެޓިފިކެޓު އިން ޝަރީޢާ އެންޑް ލޯ" ގެ ނަމުގައި އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހާ ގުޅޭ މަޢުލޫމާތު ދިނުމަށް އައިޔޫއެމްގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި މަޖިލިސް މެންބަރުންާއި، މަޖިލީހުގެ އިދާރާގެ އިސްވެރިންގެ އިތުރުން އައިޔޫއެމްގެ އިސްވެރިންނާއި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރާއިންވެސް ވަބީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް މަޖިލީހުގެ މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ޢިލްމީ ގޮތުން ޤާބިލު މެންބަރުންތަކެއް ތިބި، ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހެއްދެވުމަށް ކަމަށެވެ. މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ މިއީ 20 ވަނަ މަޖިލިސް އިންތިޚާބުވުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއް ކަމަށެވެ. މި ބައްދަލުވުމުގައި އައިޔޫއެމް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލަރ، އަލްއުސްތާޛު އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ މި ކޯހުގެ ކިޔެވުން ކުރިއަށްދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު