Saturday, October 31
ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިން: މެޑަމް ސާޖިދާ

ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްރަށްވެހިންނަކީ، ހަމައެކަނި ޢުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެމީހުންނަކީ، އެ މީހުންގެ ޅަދުވަހާއި ޒުވާން ޢުމުރު ދަތި ޙާލުގައި ހޭދަކުރައްވައިގެން، އަޅުގަނޑުމެންގެ މިއަދުގެ އުފަލަށްޓަކައި ޖާނާއި ފުރާނައިން ޤުރުބާންވި އިޚުލާސްތެރީންގެ ގޮތުގައި ބަލައިގަންނަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އިސްރަށްވެހިންގެ ޤުރުބާނީއަށްޓަކައި އިސްރަށްވެހިންނަށް ޙުރުމަތް އަދާކުރުމުގައި އަދުގެ ޖީލު ވަނީ ދަރަނިވެރިވެފައިކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޤައުމެއްގެ ހައިބަތު އިތުރުކުރުމަށްޓަކައި އެ ޤައުމެއްގެ އިސްރަށްވެހިން މުހިންމުކަން ފާހަގަގަކުރައްވައި، މި ރަސްމިއްޔާތުގައި އިސްރަށްވެހިންގެ އަރިހުން އެކަމަނާ އިލްތިމާސްކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށްދެއްވުމަށެވެ. މީގެއިތުރުން އެކަމަނާގެ ވާހަކަފުޅުގައި، އިސްރަށްވެހިންގެ ޢިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

އަދި އިސްރަށްވެހިންގެ ކިބައިން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް އެކަމަނާ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު