Monday, November 2
ޒަމާނާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި އެކު އާއިލީ ގުޅުން ހީނަރު: ފެމިލީ މިނިސްޓަރ

ޒަމާނަށް އައި ބަދަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި ޒާމާނުއްސުރެ އޮންނަ ރީތި އާދަކާދަތަކާއި އާއިލީ ގުޅުން ހީނަރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ސޯޝަލް  އެންޑް ފެމެލީ ޑިވެލޮޕްމަންޓް ޑޮކްޓަރ އައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

މާލޭގައި ހުރި އިސްރަށްވެހިންގެ ނާދީ އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޒާމަނުއްސުރެ ދިވެހިންނަކީ އާއިލީ ގުޅުމަށް ވަރަށް އަހައްމިއްޔަތުކަން ދޭ ބައެއްކަމަށާއި، އެ ގުޅުން ވަރަށް ބަދަހިކަމަށެވެ. އެގޮތުން  އެއް ގެގެއްގައި އެތައް ޖީލެއް ދިރިއުޅުނުކަމަށާއި ، މާމަ އަދި ކާމަ ދަރިން ބަލައި ބޮޑުކުރުމުގައި މުޅި އާއިލާ ބައިވެރިވިަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރަށުތެރޭގައި ވެސް ދިރިއުޅުނީ އެކަކު އަނެކަމަށް އަޅާލައިގެން ނުހަނު އެކުވެރިކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި އެކު މިކަން ހީނަރުވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ތަފަތު އެކި ސަބަބުތަކާއި ހެދި ހިޖުރަކުރަން ޖެހުމާއި، މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު އިތުވުން މިނިސްޓަރ ފާހަގަކުރެއްވިއެެވެ.

އަދި ޓެކްނޮލޮޖީގެ ބޭނުން އިތުރުވުމާއި އެކު މީހުންގެ މެދުގައި ސީދާ ބައްދަލުވެ މުއާމަލާތު ކުރުން ކުރިއަށް ވުރެ މަދުވެފައިވެފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އާއިލީ ގުޅުމަށް އައިސްފައިވާ ކަމަށެވެ.

"މިކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ އާއިލީ ގުޅުންތައް މިވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައި. ވަކިން ޚާއްޞަކޮށް އާއިލާގެ ތެގޭގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭން ބޭނުންވާ ސަމާލުކަމާއި ބަހައްޓަން ބޭނުންވާ ގާތް ގުޅުންތަކަށް އެކަމުގެ އަސަރު ފޯރުވަމުން ދާކަން ފާހަގަކުރެވޭ" ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ނަމަވެސް އިސްރަށްވެހިންނަށް ޚާއްޞަކުރެވިގެން ޚާއްޞަ ޖާގަތައް ހެދި، މީހުންނާ ބައްދަލުކުރެވި ވާހަކަ ދައްކާ އެކި ކަހަލަ ޕްރޮގްރާމްތައް ނާދީގައި ހިންގަން ފެށުމުން އޭގެ ހެޔޮ އަސަރު އިސްރަށްވެހިންގެ ދިރިއުޅުމުން ފެންނަމުންދާކަން ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއިން އެންގޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާދީ ވެގެންދިޔައީ އެތައް ޒާމާނެއްވަންދެން ދިމާނުވެ ތިބި ރަހްމަތްތެރިން ބައްދަލުވެ ގުޅުން ބަދަހިވެގެން ދާ ތަނެއްގެ ގޮތުގައެވެ. ސްކޫލް ދައުުރުގެ ހަނދާންތައް އާކޮށް އިޖުތިމާއީ ގުޅުން ވަރުގަދަކުރުވި މަންޒިލަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު