ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ "އެއްގެއިން އަނެއް ގެއަށް" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފެބުރުވަރީ 1 އިން 16 އަށް ކުރިއަށްގެންދިޔަ މި ކެމްޕެއިނަކީ، ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ހުޅުމާލޭގައި ރަށްވެހިގުޅުން އާލާކުރުމަށް ކުރިއަށް ގެންދެވުނު އެއްގެއިން އަނެއްގެއަށް ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލެވިއްޖެ. 1 ފެބްރުވަރީ 2025ން 16
ފެބްރުވަރީ 2025އަށް ކުރިއަށް ގެންދެވުނު މި ހަރަކާތައް ލިބުނު ތަރުހީބު ފާހަގަކޮށް މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް… pic.twitter.com/S5fANbh3HU— Housing Development Corporation (@hdcmaldives) February 17, 2025
މިގޮތުން މި ހަރަކާތަށް ލިބުނު ތަކެތީގެ އަދަދު 193 އަށް އަރާއިރު، ހަދިޔާ ކުރެވިފައިވާ ތަކެތީގެ އަދަދަކީ 191 އެވެ. އެޗްޑީސީން މީގެ ކުރިން ބުނި ގޮތުގައި ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށެވެ.
ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެ ގޮތަށް ކުރިއަށްގެންދިޔަ މި ޕުރޮގުރާމު ބޮޑަށް އަމާޒުކުރީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށެވެ.
އެޗްޑީސީން ވަނީ މި ހަރަކާތަށް ލިބުނު ތަރުހީބު ފާހަގަކޮށް، މި ކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން