Friday, November 13
ހައްޖުވެރިން މޯލްޑިވިއަންގައި ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޙައްޖުވެރިންގެ ވައިގެ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ޤައުމީ އެއާލައިން މޯލްޑިވިއަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ، ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. މި ރަސސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަހަރުތަކެއް ފަހުން ދިވެހި ޙާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ޙައްޖަށް ދިއުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންއިން ކަމަށް އިސްލާމިކް މިނިސްޓްރީން  މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު