Saturday, October 31
ހޯމް މިނިސްޓަރު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރު
މިނިސްޓ އަލީ އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތު ދިނުމށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިނިސްޓަރ އަލީ އިހްސާންގެ މައްޗަށް އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅީ މިދިޔަ މަހުގައެވެ. އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތެރޭގައި ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލު ކުރި މައްސަލަ އާއި ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން ބައެއްގެ ޒާތީ މައުލޫމާތު ނަގައި އެ މީހުންގެ ޕީއެންސީއަށް ވެއްދި ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގުތަކަށް މިނިސްޓަރ އިސްވެ ހުންނަވައިގެން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ވެސް ތުހުމަތުކޮށްފައެވެއެވެ. މިނިސްޓަރ އަލީ އިހްސާން ވަނީ މި ތުހުމަތު ތަކަށް އިންކާރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު